ރ. ފައިނުގައި ފައިނުގެ ފެނާއިނަރުދަމާ ނިޒާމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ފައިނުގައި ގާއިމްކޮށްފައިވާ ފެނާއި ނަރިދަމާ ނިޒާމަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޑަބްލިޔުއެސްސީ އާ ހަވާލު ކޮށްގެން ނިންމާފައިވާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ އަގަކީ 64 މިލިއަން ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން 3 ޕަމްޕް ސްޓޭޝަން ގާއިމު ކުރުމާއި އައުޓް ފްލޯ އެޅުމާއި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުމާއި، ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް 2 ޓޭންކް އަދި ވާރޭ ފެން ރައްކާކުރާ ޓޭންކެއް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ވެސް ހިމެނެއެވެ.



