ބިދޭސީންތަކެއް އުޅެމުންދިޔަ އެކޮމަޑޭޝަން ބަލޮކެއް ބަލައިފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 7 ބިދޭސީއަކު އަތުލައިގެންފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، އިއްޔެ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދިއަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
އެގޮތުން ސައްހަ ވިސާއެއްނެތި ޤަވާއިދާ ހިލާފަށް އުޅެމުންދިއަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށް އިމިގްރޭޝަނުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެއާއި މާލެ ސަރަހައްދުގައި ބިދޭސީން އުޅެމުންދާ އެތައް ސަރަހައްދެއް އިމިގްރޭޝަނުން ވަނީ ބަލައިފާސްކޮށްފައެވެ.



