ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ތްރެފިކް ކުރުން ހުއްޓުވުމުގެ ގޮތުން ކަނޑު އުޅަނދުފަހަރުގައި ”ވެސެލް ޓްރަކިންގް ޑިވައިސް“ ހަރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދައުރުގެ ޖަލްސާތައް ފައްޓަވާ ދެއްވުމަށް ރިޔާސީ ބަޔާން އިއްވެމުމަށް މިއަދު މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުން ހުއްޓުވުމުގެ ގޮތުން، ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރުގައި“ވެސެލް ޓްރެކިންގ ޑިވައިސް“ ހަރުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ.
އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، އެމަނިކުފާނު ވަޢުދުވެފައިވާގޮތަށް ލ.ގަން، ނ.ވެލިދޫ އަދި ކ.ކާށިދޫގައި މަރުކަޒުތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.




