ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލައިގައި މިނިވަން ތސހުގީގެއް ހެދުމަށް ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ޑރ. މުހައްމަދު ހަބީބު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ހިނގި މި ހާދިސާ، މިހާތަނަށް ފުލުހުން ތަހުގީގު ކޮށްފައިވާ ގޮތާއިމެދު އާންމުންގެ ތެެެރެއިން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް ބެލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ ކޮމިޝަނެއް އުފެއްދެވީ މިދިޔަ ހުކުރު ދުވަހުއެވެ.
ނަމަވެސް މި ކޮމިޝަނުން ހަބީބް މިއަދު ވަނީ އިޒްތިއުފާ ދެއްވާފައެވެ. އިޒްތިއުފާ ދެއްވީ މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް، 21،އާ އާއިލީ ގުޅުން އޮންނާތީ ކަމަށް އެނގިފައިވެއެވެ.



