ސަރުކާރުން އަލަށް ތައާރަފްކުރި ޓެކްސީލައިންގެ ހިދުމަތް މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މާލޭ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ޓެކްސީ ހޯދުމުގައި އައްޑޫގެ ރައްޔިތުންނަށް ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެ ސިޓީގައި ޓެކްސީ ލައިން ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ މާލޭގަ މި ޚިދުމަތް އިފްތިތާޙްކުރެވުނު ފެންވަރުގަ ވަރަށް އަވަހަށް މިއަހަރުތެރޭގައި އައްޑޫސިޓީގައި ޓެކްސީ ލައިނެއް ޤާއިމްވެގެންދާނެ،“ މިނިސްޓްރީ ވިދާޅުވިއެވެ.
މިނިސްޓްރީން އިތުރަށް ވިދާޅުވީ، ސަރުކާރުން މި ފެށި އާ ހިދުމަތުގެ ސަބަބުން މިހާރުވެސް ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.



