ރ. އަލިފުށީގައި މީހުން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ އެއްކޮށް އަނދައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، އަލިފާން ރޯވެފައިވަނީ އެ ރަށު ”އައިރިސް“ ގޭގައި ކަމަށެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި، ރ. އަލިފުށީ އައިރިސްގޭގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށްޓަކައި ޅ. ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.
މި އަލިފާނުގެ ހާދިސާގައި އެ ގޭގައި ދިރިނޫޅެވޭ ވަރަށް ވަނީ އަނދާފައެވެ.
މިނހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއްނުވެއެވެ.




