ތ. ވޭމަންޑޫ ބިންހިއްކުމުގެ މަޝްރޫއު، އެ މަސައްކަތް ހަވާލުކުރިތާ 24 ދުވަސް ތެރޭ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމާލައިފިއެވެ.
މި މަސައްކަތް ނިމުންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު އިއުލާނު ކުރައްވާފައެވެ.
ވޭމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްއޭސީއެލްއިން ފަށާފައިވަނީ މިދިޔަ މާރިޗް މަހުގެ 12 ވަނަ ދުވަހުގައެވެ. އެ މަސައްކަތް އެއްކޮށް ނިންމާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގައެވެ.

މި މަޝްރޫއުގެ ދަށުން ވޭމަންޑޫގެ 27 ހެކްޓަރު ބިން އެމްއޭސީއެލްއިން ވަނީ ހިއްކާފައެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި ވޭމަންޑޫގެ ބިންހިއްކުމުގެ މަޝްރޫއުގައި އެ ކުންފުނިން ބޭނުން ކޮށްފައިވަނީ ޒަމާނީ އެންމެ ފަހުގެ ހޮޕަރ ޑްރެޖަރެއް ކަމަށްވާ ފިލިޕޯ ބްރޫނެލެޝީ ބްރޭންޑުގެ ޑްރެޖަރެވެ.



