ސިއްހަތަށް ފައިދާ ހުރި ބްރޭންޑެއް ކަމަށްވާ ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓް ރޭންޖް، އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
ޔޫރަޕްގެ މަޝްހޫރު މި ޕްރޮޑަކްޓްތައް ތަޢާރަފް ކުރެވިގެން ދިޔައީ މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރ އައިޝަތު ޝިފާނާ ވަޖީހެވެ.
ޝިފާނާ ވަނީ ޕްރޮޑަކްޓްތަކާއި ގުޅޭ ސިއްޙީ ފައިދާތަކުގެ މައުލޫމާތުވެސް ދެއްވާފައެވެ.

ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ އަދި އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެއެވެ. މި ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ހާއްސަ އަދި ދުވަހުގެ އެހެން ގަޑިތަކުގައިވެސް ކާލެވޭ، މީރު އުފެއްދުންތަކެކެވެ. މިއީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެއްމާ ފަރާތްތަކަށް، ކޮންމެ ދުވަހެއްގެ ކެއުންތަކަށްވެސް އިތުރު ކޮށްލެވޭނެ، ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެކެވެ.
މި ބްރޭންޑްގެ ޕްރޮޑަކްޓްތައް ބާޒާރަށް ތަޢާރަފް ކުރެވިގެން ދިއުމާއިއެކު، ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ.
ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ކެމްޕެއިންގައި، ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް ތަކެއް ލިބިގެންދާނެއެވެ.
ވަން ޑޭ މޯގެ ހުރިހާ ޕްރޮޑަކްޓްތަކެއް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 އައުޓްލެޓުން ލިބެން ހުންނާނެއެވެ.




