ހުޅުމާލޭ ފޭސް 1 ގައި ހުންނަ ރީތިގަސް ރެސިޑެންސްގައި ކޮމާޝަލް މަސައްކަތްތައް ކުރުމަށް އެ ޖާގައަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ އެ ފްލެޓުތައް ހުންނަ އިމާރާތުން ތިން ޖާގަ ކޮމާޝަލް ބޭނުންތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ބުކްޝޮޕަކާއި ސެލޫނެއްގެ އިތުރުން ވެލްނެސް ސެންޓަރެއް ހިންގުމަށް ދޫކުރާ ޖާގައެެވެ.
ވިޔަފާރީގެ ބޭނުމަށް ދޫކުރާ ތަންތަނުގެ ތަފްސީލު:
ބުކްޝޮޕް – 1،031 އަކަފޫޓް
ސެލޫން – 1،463 އަކަފޫޓް
ވެލްނެސް ސެންޓަރު – 1،913 އަކަފޫޓް
އެ ކޮމާޝަލް ޖާގަތަކަށް ޝައުގުވެރިވާނަމަ، އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެޗްޑީސީން ބުނި ގޮތުގައި ބުކްޝޮޕް ހިންގުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ ފަސް ވަަނަ ދުވަހު އެވެ. އަދި ސެލޫން ޖާގައަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހު ހަމަވާއިރު ވެލްނެސް ސެންޓަރު ހިންގުމަށް އެދެވޭނީ ހަތް ވަނަ ދުވަހާ ހަމައަށެެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ހުންނަ މި ފްލެޓުތަކުގައި ގާތްގަނޑަކަށް 2،200 އެއްހާ މީހުން ދިރިއުޅެއެވެ.




