އިންޑޮނޭޝިއާގެ ޓީމޯ އައިލެންޑް ކައިރިއަށް 6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަރައިފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މި ބިންހެލުން އަރާފައިވަނީ ޓީމޯ އައިލެންޑުގެ ކަނޑަށެވެ. އެއާއެކު ސުނާމީއެއް އަރާފާނެކަމުގެ ބިރެއް ނެތްކަމަށް އިންޑޮނޭޝިއާގެ މުސުމާބެހޭ އިދާރާތަކުން ބުނެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މި ބިންހެލުން އަރާފައިވަނީ ކަނޑުގެ މެދުން 31 ކިލޯމީޓަރަށް (19 މޭލަށް) ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ބިންހެލުން އެރުމާ ގުޅިގެން އަދި އެއްވެސް ފަރާތަކަށް ނުވަތަ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޓީމޯ އައިލެންޑް ކައިރިއަށް މިއަދު ބިންހެލުމެއް އަރާފައިވުމާ ގުޅިގެން އިތުރު އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެތޯ ދިރާސާކުރާ ކަމަށް އިންޑޮނޭޝިއާގެ މޫސުމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގެ އަސަރު ކައިރި އެއްވެސް ސަރަހައްދަކަށް ފޯރާފައިވޭތޯ ވެސް ދަނީ ބަލަމުންނެވެ.




