މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
އެގޮތުން އެޑެލްވައިސް އެއާއިން މިހާރުވެސް ދިވެހިރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް، މި އަހަރުގެ ޖުލައި 4 އިން 13 ސެޕްޓެމްބަރުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
މި ނިންމުމާއެކު ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް އިތުރު 21 ދަތުރުކުރާނެއެވެ.
އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެމްބަރު 2000 ގައެވެ.
މިދިޔަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު އަހަރެވެ.



