ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް“ މަޝްރޫއު އިފުތިތާހުކޮށްފި އެވެ.
ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުފަޅުތަކުގެ ސާފުތާހިރުކަމާއި ދިރުންތައް ރައްކާތެރި ކުރުން ކަމަށެވެ. މި މަޝްރޫއު އިއްޔެ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. އަލީ ޝަރީފެވެ.
އެ މިނިސްޓްރީން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގައުމީ ޔުނިވަސިޓީ އާ ގުޅިގެންނެވެ.
މި މަޝްރޫއަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ 4.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި، 49 މިލިއަން ޑޮލަރަށް ވުރެ ގިނަ އިން-ކައިންޑް ކޮންޓްރިބިއުޝަނާއެކު ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއަކީ ދުނިޔޭގެ ފެންވަރުގައި ހިންގާ 109 މިލިއަން ޑޮލަރުގެ ”ޖީ.އީ.އެފް-8 ކްލީން އެންޑް ހެލްތީ އޯޝަން އިންޓަގްރޭޓެޑް ޕްރޮގްރާމް“ ގެ ދަށުން ހޮވާލެވުނު 13 ގައުމީ މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއުކަމަށް ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވި އެވެ. ހަމަމިއާއެކު ބައިނަލްއަގުވާމީ ޕްރޮގްރާމަކީ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ) އިސްވެ އޮވެ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އެހެނިހެން ބައިނަލްއަގުވާމީ ބޭންކުތަކާ ގުޅިގެން ހިންގާ މަސައްކަތެއް ކަމަށް މިނިސްޓަރު ޝަރީފު ވިދާޅުވިއެވެ.


