މިދިޔަ އަހަރާ އަޅާބަލާއިރު، ޑެންގޫ ހުން ޖެހިގެން މަހުން މަހަށް ރިޕޯޓުކޮށްފައިވާ އަދަދު މިއަހަރު ބޮޑުތަނުން އިތުރުކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީން މިދިޔަ އޭޕްރިލް މަހާ ހަމައަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ.
° މަހުން މަހަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ މިންވަރު:
– ޖެނުއަރީ: 2025 ގައި 76، 2026 ގައި 679
– ފެބްރުއަރީ: 2025 ގައި 87، 2026 ގައި 428
– މާރުޗް: 2025 ގައި 76، 2026 ގައި 601
– އޭޕްރިލް: 2025 ގައި 135، 2026 ގައި 635
– މެއި: 2025 ގައި 173، 2026 ގައި 116
ޖުމްލަ: 2025 ގައި 373، 2026 ގައި 2465
މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން ޑެންގީ ހުން ޖެހިގެން 410 ކޭސް ރިޕޯޓުކޮށްފައިވާއިރު އަތޮޅުތެރެއިން ވަނީ 2055 ކޭސް ރިޕޯޓު ކޮށްފައެވެ.
ޑެންގީ ހުން ޖެހުމުން ރައްކާތެރިވުމަށްޓަކައި ހެލްތު މިނިސްޓްރީން ވަނީ މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރި ހެފުމުން ރައްކާތެރިވާން ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.




