މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ދިވެހިންނަށް ހިދުމަތް ތައާރަފްކޮށްފިއެވެ.
ގްލޯބަލް ދުކާން މެދުވެރިކޮށް އިންޑިޔާގެ އީކޮމާސް ޕްލެޓްފޯމްތަކުން ތަކެތި ގަތުމުން މިހާރު ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދޭނެއެވެ.
އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރޭގައި އެމޭޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން، އިކިއާ ފަދަ މަޝްހޫރު ގިނަ ޕްލެޓްފޯމްތައް ވެސް ހިމެނެއެވެ.
މި ޕްލެޓްފޯމްތަކުން ފެޝަން އަދި ލައިފް ސްޓައިލް ޕްރޮޑަކްޓްސް އާއި އިލެޓްރޯނިކްސް އެންޑް އިލްޓްރޯނިކް އެކްސެސަރީސްގެ އިތުރުން ބަދިގެއަށް ބޭނުންވާ ސާމާނާއި ބިއުޓީ އެންޑް ވެލްނެސް ޕްރަޓަކްތަކާއި އަދި އެހެނިހެން ހުރިހާ ޕްރޮޑަކްޓްތަކެއްވެސް ގަނެލެވޭނެއެވެ.
ގްލޯބަލް ދުކާން ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި މަޝްހޫރުވަމުން އަންނަ އިތުބާރު ލިބިފައިވާ ޕްލެޓްފޯމެކެވެ.
ގްލޯބަލް ދުކާންއިން ވިޔަފާރި ކުރުމަށް އިންޑިޔާގެ އެޑްރެސްއެއް ބޭނުމެއް ނުވާނެއެވެ.
ގްލޯބަލް ދުކާން އިން ވިޔަފާރި ކުރާނީ ކިހިނެއް؟
° އެޕް ސްޓޯރ ނުވަތަ ޕްލޭސްޓޯރ ގައި ގްލޯބަލް ދުކާން ސާރޗް ކޮށްލާ އަދި އެއަށްފަހު އެޕް އިންސްޓޯލް ކޮށްލާށެވެ.
° http://www.globalducan.com ވެބްސައިޓް މެދުވެރިކޮށްވެސް ގްލޯބަލް ޑުކާން ބޭނުންކުރެވޭނެއެވެ.
° ލޮގިން އަދި ސައިން އަޕް މެދުވެރިކޮށް ލޮގިންވުމުން، އެޕްގެ ހޯމް ސްކްރީނުން އިންޑިއާގެ އެކި އީކޮމާސް ޕްލެޓްފޯމްތައް ފެނިގެންދާނެއެވެ.
° ހިޔާރު ކުރާ އީކޮމާސް ޕްލެޓްފޯމަށް ފިތާލުމުން ގްލޯބަލް ދުކާންގެ ތެރެއިން އެފިހާރައަށް ވަދެވިގެންދާނެއެވެ.
° ހިޔާރުކުރާ އައިޓަމްއަށް ފިތާލައި، ”ސޮޕް ވިއާ ގްލޯބަލް ދުކާން“ އަށް ފިރާލާށެވެ. އޭރުން އެއައިޓަމް ކާޓް އަށް ލެވިގެންދާނެއެވެ. (އެޕް މެދުވެރިކޮށް ޝޮޕް ކުރުމަށް ވަކި އީކޮމާސް ޕްލެޓްފޯމްތަކަށް ސައިންއިން ކުރާކަށް ނުޖެހޭނެ)
° ކާޓަށް ލެވޭ އައިޓަމްގެ އަގު ކޮންފަރމް ކޮށްލުމަށް އިރުކޮޅެއް ނަގާނެއެވެ. އަދި އަގު ކޮންފަރމްވުމުން ކާޓްއިން ތަކެތީގެ ފައިނަލް އަގު ފެނިގެންދާނެއެވެ.
° ކާޓްއަށް އެކި ވެބްސައިން ތަކުންވެސް އައިޓަމް އެޑް ކުރުމަށްފަހު އެއްކޮށްވެސް ޕޭކޮށްލެވޭނެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޯސްޓްގެ ކޯލްސެންޓަރ ނަންބަރ 3315555 ނުވަތަ މޯލްޑިވެސް ޕޯސްޓް ވެބްސައިޓްއިން ޓޯކް މެދުވެރިކޮށް މެސެޖު ކޮށްލެވޭނެއެވެ.
އައި.އޯ.އެސް: https://apps.apple.com/mv/app/global-ducan/id6754620719
ޕްލޭސްޓޯރ: https://play.google.com/store/apps/details…
ވެބްސައިޓް: https://globalducan.com/



