ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވަން ދެކޮޅު ހެއްދެވުމުން، އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ ސުޕަ މެޖޯރިޓީން މިއަދު ސޮއި ހަމަކޮށްފިއެވެ.
މިދިޔަ މަހު ފަހުކޮޅު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވަކިކޮށްފައިވާ ނާޒިމް މިއަދު ހެނދުނު ވަނީ ޕީއެންސީގެ މަޖިލީސް މެންބަރުންނާއެކު ހަދާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްފައިވާކަން ވަނީ އެނގިފައެވެ.
އެނގިފައިވާ ގޮތުގައި ނާޒިމް ވަކިކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ނިންމައި، އެކަމަށް ބޭނުންވާ ސޮއި ވެސް ހަމަކޮށްފައެވެ.
ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލުމަށް ފަހު، މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން އުޅޭ މައްސަލައިގައި މިހާތަނަށް ޕީއެންސީގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.




