ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފްގެ މާލީ ބަޔާންވެސް މިއަދު އާންމުކޮށްފިއެވެ.
މާލީ ބަޔާނުގައިވާ ގޮތުން، ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ނައިބު ރައީސަށް އާމްދަނީގެ ގޮތުގައި ޖުމްލަ ލިބިވަޑައިގެންފައިވަނީ 314,664.07 ރުފިޔާއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެ މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިވަޑައިގެންފައިވާ ކަމަކަށް މި ބަޔާނުގައި ހިމަނުއްވާފައެއް ނުވެއެވެ.
ނާއިބު ރައީސްގެ މާލީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނުގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނުވަތަ ވިޔަފާރި މަސްލަހަތެއް ނެތެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ނަމުގައި އެއްވެސް ލޯނެއް ނުވަތަ އަދާކުރަންޖެހޭ ދަރަންޏެއް ވެސް ނެތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ބެންކުތަކުގައިވާ އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި ފައިސާގެ ތަފްސީލުތައް ވެސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެއް އެކައުންޓްގައި 8,390.00 ރުފިޔާ ހުރި ކަމަށް ހިމަނުއްވާފައިވެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައިވާ އެމަނިކުފާނުގެ އެކައުންޓްތަކަށް ބަލާއިރު، އެއް އެކައުންޓްގައި 39.00 ރުފިޔާ އަދި އަނެއް އެކައުންޓްގައި 397.00 ޑޮލަރު ހުރި ކަމަށް މާލީ ބަޔާނުން ދައްކައެވެ.



