ފުލުހުންގެ ބަންދުގައި ހުރި މީހަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވާ ފިލައިފިއެވެ.
ފުލުހުންގެ ބުނީ، މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް މެއި 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފިލާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، އޭނާ ހޯދުމަށް ކުރި މަސައްކަތުން މެއި 18 ވަނަ ދުވަހު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަންދުން ފިލި މައްސަލަ، ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަަމަށްވެސް ބުންޏެވެ.



