ހުޅުމާލެ ފަޅުތެރެއަށް މޫދަށް ފާބައިގެން އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ، ހުޅުލޭ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި ފަޅުވެރިޔާ ހޯދަމުން ދަނިކޮށް، ސީ ޕްލޭން ޓާމިނަލްގެ ފަޅުތެރެއިން ފެނިފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އެމްއެންޑީއެފް ގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެއަރޕޯޓްގެ ރެސްކިޔު ޓިމުތަކުން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ފުލުހުން ކުރިން ބުނީ، އިއްޔެ އިރުއޮއްސި 6:30 ހާއިރު ހުޅުމާލެގެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
އެވަގުތުން ފެށިގެން އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ހުޅުމާލެ ފަޅުތެރެއަށް ޑައިވްކޮށްގެން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.




