ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ހައްޖުވެރިން ރާއްޖެ އައުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ސައުދީ އެއާލައިން މެދުވެރިކޮށެވެ.
މިނިސްޓްރީން ބުނިގޮތުގައި ހައްޖުވެރިން އެނބުރި އައުމުގެ ކަންކަން އިންތިޒާމުކޮށްފައިވަނީ ޖުމްލަ ހަތަރު ފްލައިޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުގެ އިތުރުން، އަންނަ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހައްޖުވެރިން ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.
ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތައް:
* 05 ޖޫން 2026 (ހުކުރު)
ސައުދީ އެއާލައިން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 03:15
* 07 ޖޫން 2026 (އާދިއްތަ)
މާލެއަށް ޖައްސާ ގަޑި 14:00* 07 ޖޫން 2026 (އާދިއްތަ)މޯލްޑިވިއަން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 09:40 މާލެއަށް ޖައްސާ ގަޑި 17:40
* 08 ޖޫން 2026 (ހޯމަ)
ސައުދީ އެއާލައިން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 03:15 މާލެއަށް ޖައްސާ ގަޑި 14:00
* 09 ޖޫން 2026 (އަންގާރަ)
މޯލްޑިވިއަން- މަދީނާ ގަޑިން ފްލައިޓް ފުރާ ގަޑި 16:00 މާލެއަށް ޖައްސާ ގަޑި 00:01
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކޮށްފައިވަނީ ”މައްކާ ރޫޓު އިނީޝިއޭޓިވް“ ގެ ދަށުންނެވެ. މި އިންތިޒާމުގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ރާއްޖެއިން ފުރިހަމަކުރުމުގެ ފުރުސަތު ހައްޖުވެރިންނަށް ލިބިގެންދިޔައެވެ.



