އަވަށްޓެރި ސްރީލަންކާއަށް މޫސުން ގޯސްވުމުގެ ސަބަބުން ރަތް ސަމާލު ނެރެފިއެވެ.
އެ ޤައުމުގެ މޫސުމާއި ގުދުރަތީ ކާރިސާތަކަށް ސަމާލުވުމަށް އަންގާ ސެންޓަރުން މިއަދު ބުނީ، ލަންކާގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ލަންކާއަށް ނެރެފައިވާ ރަތް ސަމާލު މިއަދު ހެނދުނު 6:30 އިން މާދަން ހެނދުނު 10:30 އާ ހަމައަށް ދެމިއޮންނާނެ ކަމަށް އެ ސެންޓަން ބުނެފައިވެއެވެ.
އެގޮތުން ކަންކަސަންތުރައިއިން މަންނާރު މަގުން ކަލްޕިތިއާ ހަމައަށް އޮންނަ ކަނޑުގެ ސަރަހައްދުތައް 60-70 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭ ވަގުތު ގަދަވާނެ ކަމަށް ލަންކާގެ ކާރިސާތަކާބެހޭ ސެންޓަރުން ވަނީ ބުނެފައެވެ. ބައެއް ސަރަހައްދުތަކުގެ ރާޅުތަކުގެ އުސްމިން 2 ނުވަތަ 2.5 މީޓަރަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މި ސަމާލާއެކު، މަސްވެރިކަމާއި ކަނޑުގެ އެހެނިހެން ދަތުރުތައް ވެސް ނުކުރުމަށް އެ ސެންޓަރުން ވަނީ އިލްތިމާސް ކޮށްފައެވެ.




