އީރާނުގެ ހުޅަނގާއި މެދުތެރެއަށް އިޒްރޭލުން ވައިގެން ހަަމަލާތައް ދީފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވަނިކޮށް، އީރާނަށް ނިސްބަތްވާ އަސްކަރީ ތަންތަނަށް ހަމަލާ ދީފައިވާ ކަމަށް މިއަދު ހެނދުނު ޔަހޫދީ ސިފައިން ބުނެފިއެވެ.
ވެރިރަށް ތެހެރާންގެ އިތުރުން ތަބްރީޒް އަދި އިސްފަހާނުގައި ގޮވުންތަކެއް ހިނގާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާއިރު، ތަސްނީމް ނިއުސް އެޖެންސީން ވަނީ ކަރާޖް ސިޓީ ކައިރީގައި ގޮވުންތަކެއް ގޮވާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
އަދި، އިސްފަހާނުގައި ގާތްގަނޑަކަށް ތިން ގޮވުމުގެ އަޑު އިވިފައިވާ ކަމަށް ވެސް އައިއާރްއެންއޭއިން ރިޕޯޓްކޮށްފައިވެއެވެ. މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކާ ގުޅިގެން އީރާނުން އިސްރާއީލުގެ އުތުރާ ދިމާއަށް މިސައިލްތަކެއް ފޮނުވާލިތާ ގަޑިއެއްހާއިރު ފަހުންނެވެ.
އިޒްރޭލުން އީރާނަށް އެންމެ ފަހުން ދިން ހަމަލާތަކުގެ ސަބަބުން އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ކުރާ މަސައްކަތްތައް އިތުރަށް ދަތިވެދާނެއެވެ.
ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން ހަނގުރާމަ އަނެއްކާ ވެސް ފެށިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.



