ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ކިލޯއެއް މިއަދު ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. އެއާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑުވަނީ އިތުރުވެފައެވެ.
އެކަމާ ގުޅިގެން މިފްކޯއިންވަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައެވެ. އެގޮތުން މިހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މަސް ގަންނަ އަގުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.
މަސްވެރިކަން ދަށްވުމާއެކު މިފްކޯއިން މިހާރު މިވަނީ އެވްރެޖްކޮށް އަމިއްލަ ކުންފުނިތަކުން މަސްގަންނަ އަގުތަކަށްވުރެވެސް އަގުތައް މަތިކޮށްފައެވެ. މިގޮތުން އާދިއްތަ ދުވަހު މިފްކޯއިން މަސް ގަނެފައިވަނީ ކިލޯއެއް 18.50 ރުފިޔާއަށެވެ. މިފްކޯއިން މިއަގުތައް މަތިވާނެކަމަށް އޭރުވެސްވަނީ އަންދާޒާކުރައްވާފައެވެ.
މަސް ކުންފުނިން މިއަދު ބުނީ، އެ ކުންފުނިން މިއަދު މަސް ގަންނަ އަގަކީ 20 ރުފިޔާ ކަމަށެވެ.
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްގެން ވިއްކާ ބާވަތްތައް އުފެއްދުމާއި، މަހުގެ ކޮލިޓީ ހިފަހައްޓާ މަސްބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް ދުނިޔޭގެ ބާޒާރުގައިވެސް މަސްވެރިކަން ދަށްދުވަސްވަރު ދިވެހި މަހުގެ ބާވަތްތައް ބޭރަށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތްކުރަމުންނެވެ.





1 Comment
ވަޢުދާ ެއެއް އެއްގޮތަކަށްވެސް ނޫން
ވައުދު ވީ 20/- ައަށް ވުރެ ދަށް ކޮށް މަސް ނުކުރަން