އިންޑިއާގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދުރަ މޯދީ ވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މުއިއްޒު މޯދީއަށް މަރުހަބާ ވިދާޅުވީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
”ރާއްޖެއިން އެދެނީ އިހުތިރާމާއި އިސްތިގުލާލީ ހަމަހަމަކަމާއި ހިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވުން،“ އެ ޕޯސްޓުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
މޯދީ އިންޑިއާގެ ބޮޑުވަޒީރަކަށް ފުރަތަމަ ވެވަޑައިގަތީ މެއި 2014ގަ އެވެ. އަދި މިހާރު އަދާކުރައްވަމުން އެ ގެންދަވަނީ އެ މަގާމުގެ ތިން ވަނަ ދައުރެވެ.
މީގެ ކުރިން މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރަކީ ޖަވާހިރުލާލް ނެހެރޫ އެވެ. އެއީ މުޅީ ޖުމްލަ 4،398 ދުވަހުގެ މުއްދަތަކަށެވެ.
މޯދީ ވަނީ މިއަދު އެ މުއްދަތު ކަޑައްތު ކުރައްވައި، ބޮޑުވަޒީރުގެ މަގާމުގައި 4،399 ދުވަސް ހަމަކުރައްވާފައެވެ.




