ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ހިންގި ހުޅުމާލެ ސާފު ކުރުމުގެ ހަރަކާތެއްގައި، ހުޅުމާލޭ ފަޅުތެރެއިން 61 ޖަންބޯ ބޭގްގެ ކުނި ނަގައިފިއެވެ.
މި ހަރަކާތަކީ، ހުޅުމާލެއަކީ ހިތްފަސޭހަ އަދި ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި ހަރަކާތެއް ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
އެއް ދުވަހަށް ހިންގި މި ހަރަކާތުގައި ހުޅުމާލޭގެ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި ނެގިފައިވާއިރު، މިފަދައިން މަގުތަކާއި ފަޅުތަކަށް އަދި އާންމުން އެއްވެ އުޅޭ ތަންތަނަށް ކުނި ނޭޅުމަށާއި ފަރުދީ ޒިންމާ އެންމެންވެސް އަދާކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ހުޅުމާލެ ސާފުކޮށް ބެހެއްޓުމަށް އެޗްޑީސީން ވަނީ މިފަދައިން މީގެކުރިންވެސް، ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.




