ލޮސް އެންޖަލިސް ސްޓޭޑިއަމްގައި ނިއު ޒީލެންޑާ ދެކޮޅަށް ރޭގައި ކުޅުނު މި މެޗަށް ފަހު އީރާނުން ދަނޑުން ފޭބީ 2-2އިން އެއްވަރުވެގެންނެވެ.
މެޗުގައި ދެ ފަހަރު ވެސް ފުރަތަމަ ކުރި ހޯދީ ނިއު ޒީލެންޑެވެ. އެކަމަކު އީރާނުން ދެ ފަހަރު ވެސް ފަހަތުން އަރާ ހަމަކުރިއެވެ.
މިއީ ހުރިހާ ގޮތަކަށް ބެލިޔަސް ދާދި އެއްވަރުގެ ކުޅުމެއް ފެނުނު މެޗެކެވެ.
މި ދެ ޓީމު ހިމެނޭ ގްރޫޕް ޖީގައި ރޭ ދަންވަރު ބެލިޖިއަމް އާއި މިސްރު ވާދަކުރި މެޗު ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. އެހެންކަމުން ލަނޑުގެ ތަފާތުން ތާވަލްގެ އެއްވަނާގައި އުޅެނީ އީރާނާއި ނިއު ޒީލެންޑެވެ.
އީރާނާއި ނިއު ޒީލެންޑަށް ވެސް މިހާތަނަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވިފައެއް ނުވެއެވެ.



