ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ’އީ‘ ގައި ކިއުރަސާއޯއާ ބައްދަލުކޮށް 0-2 އިން މެޗު ކާމިޔާބުކޮށް، އައިވަރީ ކޯސްޓު ވޯލްޑް ކަޕް ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކައުޓް ބުރަށް ކޮލިފައިވެއްޖެއެވެ.
ފިލަޑެލްފިއާގައި ރޭ ކުޅުނު މި މެޗުން ބަލިވުމާ ގުޅިގެން ކިއުރަސާއޯ ވަނީ މުބާރާތުން ކަޓާފައެވެ.
މި މެޗުގައި އައިވަރީ ކޯސްޓުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. ފުރަތަމަ ލަނޑު މެޗުގެ ހަތްވަނަ މިނެޓުގައި ކިއުރަސާއޯގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ޖެހީ 64 ވަނަ މިނެޓުގައި އިބްރާހިމް ސަންގާރޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މުޅި މެޗުގައިވެސް އައިވަރީ ކޯސްޓުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗު ކޮންޓްރޯލްކޮށްފައެވެ.
ކިއުރަސާއޯއިން ވަނީ މެޗުގައި ވަރުގަދަ ރޫހެއްގައި ކުޅެ، ޑިފެންސް ވަރުގަދަކޮށްފައެވެ. ވަކިން ހާއްސަކޮށް އެ ޓީމުގެ ގޯލްކީޕަރު އެލޯއީ ރޫމް ވަނީ އައިވަރީ ކޯސްޓުގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ. ނަމަވެސް، އައިވަރީ ކޯސްޓުން މެޗުގެ ފަހުކޮޅު ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ސަބަބުން ކިއުރަސާއޯއަށް ނަތީޖާ ބަދަލުކުރާނެ ފުރުސަތެއް ނުލިބުނެވެ.
ގްރޫޕް ’އީ‘ ގެ މެޗުތައް ނިމުނުއިރު، ޖަރުމަނާއި އައިވަރީ ކޯސްޓަށްވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އެހެންނަމަވެސް ގޯލުގެ ތަފާތުން ގްރޫޕްގެ އެއްވަނަ ލިބުނީ ޖަރުމަނަށެވެ.
މި ގްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތް އިކުއެޑޯއަށް އަދިވެސް ނޮކައުޓް ބުރަށް ދިއުމުގެ ފުރުސަތު އޮތްއިރު، އެންމެ ޕޮއިންޓަކާއެކު ކިއުރަސާއޯ ދިޔައީ ގްރޫޕްގެ ފުލަށެވެ.




