ޚާއްސަ ޑިސްކައުންޓަކާއެކު، ފިލިޕްސް ބްރޭންޑުގެ އޭސީ ލިބޭނެ ޕްރޮމޯޝަނެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވިގެންދިއުމާއި އެކު، ތަޢާރަފް ކުރެވުނު އެއް ޕްރޮޑަކްޓަކީ، ފިލިޕްސް ސްޕްލިޓް ވޯލް-މައުންޓެޑް އޭސީ ތަކެވެ.
ފިލިޕްސްގެ މި އޭސީ އަކީ އިތުބާރު ހިފޭ، އާއްމު ގެތަކަށާއި އޮފީސް މާހައުލު ތަކަށް އެކަޝޭނަ، ސްމަރޓް ކޫލިންގް ސިސްޓަމެއް ފޯރުކޮށްދޭ އުފެއްދުމެކެވެ.
ޗައިނާގެ އުފެއްދުމެއްކަމުގައިވާ ފިލިޕްސް އޭސީތަކަކީ ފެންވަރު ރަނގަޅު، ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދޭ ބޭނުން ކުރަން ފަސޭހަ އޭސީތަކެކެވެ.
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް އިން މި ބްރޭންޑުގެ އޭސީތައް ތައާރަފް ކުރެވިގެން ދިއުމާއި އެކު، އާޢްމުންނަށް ހާއްސަ ޕްރޯމަޝަނެއް ވެސް ވަނީ ހުޅުވާލާފައެވެ.
އެގޮތުން ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހާއްސަ ޑިސްކައުންޓް އަގުތަކެއްގައި ފިލިޕްސް ބެރޭންޑުގެ އޭސީތައް ލިބިގެންދާނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
ޑިސްކައުންޓް ލިބިގެންދާނީ ފިލިޕްސް އޭސީތަކުގެ 9،000 ބީޓީޔީ، 12،000 ބީޓީޔޫ، 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީ ތަކުންނެވެ.
މިދިޔަ މަހުގެ 28 ގައި ފެށި މި ޕްރޮމޯޝަން މި ޖުލައި މަހުގެ 11 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ފިލިޕްސް ބެރޭންޑް އޭސީތަކުގެ ހުރިހާ އުފެއްދުންތައްވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.



