އައްޑޫ ސިޓީއާ ގާތްގަނޑަކަށް 933 ކިލޯމީޓަރު ދުރަށް މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ ޗާގޯސް އާކިޕެލަގޯ ސަރަހައްދަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ގަޑިން މިރޭ 18:01 ހާއިރުއެވެ. ރިކްޓަރ މިންގަނޑުން މި ބިންހެލުމުގެ ބާރުމިނަކީ 5.4 މެގްނިޓިއުޑް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން މެޓް އޮފީހުން ވިދާޅުވީ، ބިންހެލުން އައި ސަރަހައްދާއި ރާއްޖެއާ ހުރި ދުރުމިނަށް ބަލާއިރު، ”މި ބިންހެލުމުގެ ސީދާ ނުރައްކަލެއް ރާއްޖެއަށް ނުކުރާނެ“ ކަމަށެވެ.



