ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކުން ގަވާއިދާ ހިލާފަށް ވެލި ނެގި ބަޔަކު ހުއްޓުވައި، ވެލިތައް ނެގި ތަނަށް އަލުން އަޅުވައިފިއެވެ.
ބޮޑު ދޯންޏަކަށް ބަރުކޮށްފައި ހުރި ވެލި ބަސްތާތައް، ރާޅުޖަހާ ހިސާބު ގޮނޑުދޮށަށް އަޅައި ހުސްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ރަށު ކައުންސިލުން ފޭސްބުކްގައި ވަނީ އާންމުކޮށްފަ އެވެ.
އެ ކައުންސިލުން ވަނީ ފަޅުރަށްތަކުން ވެލި ނެގުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން ހަނދާންކޮށްދީފަ އެވެ.
”އަޅުގަނޑުމެންގެ ރަށްތައް ހިމާޔަތްކުރުމުގައި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް،“ އެ ޕޯސްޓުގައިވެއެވެ.




