ކ. މާފުށީގައި އަރުވައިގެން އުޅުނު ޕެރެސެއިލިން ވައިކުޑައެއް ވައި ގަދަވުމުގެ ސަބަބުން ފަޅައިގެން ގޮސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޕެރަސެއިލް ފަޅައިގެން ގޮސް އެ ރަށުގައި އޮތް ޒިޕްލައިނަށް އޮޅުނު އިރު، އޭގައި ތިބި މީހުން ސަލާމަތްކުރީ އެ ވަގުތު ޖެޓްސްކީގައި ތިބި ބައެއްކަމަށް އެނގިފައިވެއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.
މިދުވަސްކޮޅު ވައިގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދަ އަރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ލަފާ ކޮށްފައެވެ.




