ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ކިއުޝޫ ރަށުގެ ކުމަމޯޓޯ ޕްރިފެކްޗަރަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުން އައުމާ ގުޅިގެން އެ ޤައުމުގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ސުނާމީގެ އިންޒާރެއް ވެސް ނެރެފައެވެ.
މި ބިންހެލުމާއި ގުޅިގެން ކުމަމޮޓޯ، ނަގަސާކީ، ކަގޮޝިމާ، ފުކުއޮކާ، ސަގާ، އޮއިޓާ އަދި މިޔަޒަކީއަށް ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އެގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވަނީ ރާޅުގެ އުސްމިން 1 މީޓަރަށް އަރާނެ ކަމަށެވެ.
މި ހާދިސާގެ ސަބަބުން ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކަށް ވަނީ ބުރޫއަރާފަ އެވެ. އެގޮތުން ޖޭ.އާރް ކިއުޝޫގެ ހުރިހާ ރޭލު ދަތުރުތަކެއް މެދުކަނޑާލާފައިވާއިރު، ކުމަމޯޓޯ އެއާޕޯޓުގެ ރަންވޭ ބަންދުކޮށް، ފްލައިޓްތައް ވަނީ ހުއްޓާލާފަ އެވެ. އަދި ކުމަމޯޓޯގެ ބައެއް ފިހާރަތަކުން ކަރަންޓު ކެނޑި، މޯބައިލް ފޯނުގެ ހިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ.
ނަމަވެސް، އެ ސަރަހައްދުގައި ހުރި ނިއުކްލިޔާ މަރުކަޒުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ކިހާރާ ކަށަވަރުކޮށްދެއްވި އެވެ.
ޖަޕާނަށް މި ބިންހެލުން އައިސްފައިވާއިރު، އެގައުމުގެ ދުނިޔޭގެ ބިންހެލުންތައް އެންމެ ގިނައިން އަންނަ އެއްގައުމެވެ. މަދުވެގެން ކޮންމެ 5 މިނެޓަކުން އެގައުމަށް ބިންހެލުންތައް އަންނަ ކަމަަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.


