ތެލުގެ އަގު އުފުލުމާއެކު އާމްދަނީ ދެ ގުނަވެ، އެސްޓީއޯގެ ދެވަނަ ކުއާޓަރުގެ ފައިދާ 279 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
އެ ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުން، ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ 6.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.
އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ 97 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީ ހުރީ 3.5 ބިލިއަން ރުފިޔާގައެވެ.
އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހުރީ 163 މިލިއަން ރުފިޔާގަ އެވެ. އެހެންވެ، މިއަހަރުގެ ދެވަނަ ކުއާޓަރުގެ ފައިދާ ވަނީ 116 މިލިއަން ރުފިޔާ އިތުރުވެފައެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ފައިދާ އެހާ ބޮޑަށް އިތުރުވީ، ތެލުގެ އަގު އުފުލުމާ ގުޅިގެން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. އަދި ތެލުގެ ވިޔަފާރިން ވަކިން ލިބުނު ފައިދާ ދަށްވި ނަމަވެސް، އެހެން ވިޔަފާރިތަކުން ލިބުނު ފައިދާ ވަނީ އިތުރުވެފައެވެ.
އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނީ 276 މިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓާގައި ކުންފުނީގެ އާމްދަނީ އިތުރުވި އިރު ހަރަދުތައް ވެސް ވަނީ 117 ޕަސެންޓަށް އިތުރުވެފަ އެވެ. މި އަހަރުގެ އޭޕްރީލް، މެއި އަދި ޖޫން މަހު 6.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.




