މިސްރުގެ ސުއޭޒް ސިޓީގެ އިރުއުތުރު ސަރަހައްދަށް 5.3 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީސީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބިންހެލުން އައީ ޖީއެމްޓީން މެންދަމު 12:00 (ރާއްޖޭ ގަޑިން ފަތިހު 5:00) ގައެވެ. ބިންހެލުން އުފެދުނީ ސުއޭޒްގެ އުތުރު-އިރުއުތުރުން ގާތާގަނޑަކަށް 41 ކިލޯމީޓަރު (25 މޭލު) ގައި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ހުރި އޭއެފްޕީގެ ނޫސްވެރިޔަކު ވަނީ މި ބިންހެލުމުގެ ލޮޅުންތައް އިހްސާސް ކުރެވުނެ ކަމަށް ބުނެފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ނުވަތަ އެއްވެސް ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މިސްރަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، މިދިޔަ ހަފްތާގައި ޖަޕާނަށް ވެސް ވަނީ 7.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. އަދި އެ ހާދިސާގައި އެތައް ބަޔަކު މަރުވެފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.



