މިހާރުގެ އިންފޮމޭޝަން ކޮމިޝަނާ އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ ތެރޭގައި ހަމަ ވާތީ އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން އިއްޔެ އިއުލާންކޮށްފިއެވެ.
އާހިދުގެ އިންފޮމޭޝަން ކޮމިޝަނަރުކަމުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ 6 ސެޕްޓެމްބަރު 2021 ގައެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދުކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލާން ދީފައިވާ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދަމު 12ގެ ގެ ކުރިންނެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައ އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ހުށަހަޅަން ޖެހޭ އެހެން ވެސް ލިޔެކިޔުންތައް އެ އިއުލާނާ އެކު ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމަށް އައްޔަންކުރާ މީހާގެ ކިބައިގައި ފުރިހަމަވާން ޖެހޭ ކަންކަން:
° އުމުރުން 35 އަހަރުވެފައިވުން
° އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން
° އިންތިހާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއްގައި ހުރި މީހަކު ކަމުގައިނުވުން
° ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައިނުވުން ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިނުވުން
° ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަދުވެގެން ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން
° އިންފޮމޭޝަން ކޮމިޝަނަރުކަމުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައިނުވުން




