ސިންގަޕޫރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސަރުކާރަށާއި އިސްވެރިން އަދި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
”އެކްސް“ މެދުވެރިކޮށް މިއަދު ހެނދުނު ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތުނާމް އަށާއި ބޮޑުވަޒީރު ލޯރެންސް ވޯންގް އަދި އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައި އެމަނިކުފާނު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއިން އެ ބަދަހި އެކުވެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި އަދި އެ ގުޅުމަކީ ދެފަރާތުގެ މެދުގައި އޮތް އިތުބާރާއި، އިޙްތިރާމްގެ އިތުރުން ސަރަޙައްދީ ސުލްޙައާއި ކުރިއެރުމަށް އޮތް އެއްގޮތް ތަސައްވުރެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށެވެ.
މީގެ އިތުރުން، ސިންގަޕޫރުގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި، އެއްބައިވަންތަކަމާއި ފާގަތިކަން ލިބުމަށް އެދިވަޑައިގެން ރައީސް ވަނީ އެމަނިކުފާނުގެ ހެޔޮއެދުންތައް ފާޅުކުރައްވާފައެވެ.




