މާލެ ސަަރަހައްދަށް ބޯކޮށް ވާރޭ ވެހި 33 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮޓޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރޭގައި މާލެ ސަރަހައްދަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހި މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެން ބޮޑު ވެފައެވެ.
އެންޑީއެމްއޭއިން ބުނީ ފާއިތުވި 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މާލޭގެ 33 ގެއެއްގެ އިތުރުން ސަރުކާރުގެ 5 އިމާރާތަކާއި 4 ސްކޫލު އަދި ކޮންސްޓރަކްޝަން ސައިޓަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން 6 ކެފޭއާއި 2 ކްލިނިކް، 4 ސްކޫލު، 2 ގުދަން އަދި 1 އޮފީސް އިމާރާތަށް ފެން ވަދެގެން ރިޕޯޓުކުރި ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
އެ އޮތޯރިޓީއިން ބުނި ގޮތުގައި ނަޖިސް ލީކުވެގެން ވެސް ރިޕޯޓު ކޮށްފައިވެއެވެ.
ފެނުގެ އަސަރުކޮށްގެން ރިޕޯޓްކޮށްފައިވާ ގޭބީސީތަކުގައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައިވެއެވެ.



