މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން މިސަރަހައްދަށް ހުދު ސަމާލު ނެރުނީ، މިއަދު 15:30 އިން ފެށިގެން މިރޭ 21:00 އާ ހަމައަށެވެ.
މެޓުން ވަނީ މިސަރަހައްދަށް މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިއަދުން ފެށިގެން މޫސުން އަލިވާނެކަމަށް ލަފާކުރި ނަމަވެސް، ކުރިއަށް އޮތް އަންގާރަ ދުވަހުން ފެށިގެން މޫސުން އަނެއްކާވެސް ގޯސްވާން ފަށާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މެޓުން ބުނިގޮތުގައި މޫސުން ގޯސް މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑު ގަދަވާއިރު، ދެކުނުގެ އަތޮޅުތަކުގައި އާދައިގެވަރަކަށް ކަނޑުގަދަވެ، ވިލާގަނޑުގައި ގަދަވާނެއެވެ.



