ހުޅުމާލޭ ފޭސް 2 ގައި ހުންނަ ފިހާރައެއްގެ ޑިޖިޓަލް ސްކްރީނުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ރޭ ދަންވަރު އާންމުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 3:23 ހާއިރު ކަމަށެވެ.
މި ރިޕޯޓް ލިބުމާ އެކު ފިހާރައިގެ ވެރިފަރާތް ހޯދައި އެލްއީޑީ ނިއްވާލި ކަމަށާއި އެފަދަ މަންޒަރެއް ޑިސްޕްލޭވުމަށް ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވިނަރެސް ޓަވަރެއްގައި ހުރި އެ ފިހާރައިގެ ސްކްރީނުން އަންހެނެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އެޅުވުމަށް ފަހު އެއާ އެކު އަރުވާފައިވާ ލިޔުމުގައި ”ހެކްޑް ބައި ލީކާސް“ އޭ ވެސް ލިޔެފައި އޮތެވެ.



