ގިބަ ދިވެހިން ދަތުރުކުރާ އިންޑިއާގެ ސިޓީއެއް ކަމަށްވާ ޓްރިވެންޑްރަމް އިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ޓްރިވެންޑްރަމްއިން ގެއްލިގެން ހޯދަން އިއުލާނު ކޮށްފައިވަނީ ރ. . މީދޫ، އަތަމާގެ / އަލީ އިބްރާހިމް (އައްޔަބެ) އެވެ.
އާއިލާއިން މައުލޫމާތު ދިން ގޮތުގައި އައްޔަބެގެ ހަބަރެއް އެންމެ ފަހުންވީ ރޭ ފަތިހު 5:30 ގައެވެ. އައްޔަބެ އެންމެ ފަހުން ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ މުންޑެކެވެ.
އައްޔަބެއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ވަޓްސްއެޕް މެދުވެރިކޮށް 9129561 އަށް ގުޅުމަށް އާއިލާ އިން އެދެއެވެ.
އައްޔަބެ ހޯދުމަށް އާއިލާގެ ފަރާތުން ވަނީ ޓްރިވެންޑްރަމް ފުލުހުންނަށް ވެސް ރިޕޯޓު ކޮށްފައެވެ.



