މާލޭގެ ފަހާ ތަނެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ފެއާރީ ޓެއިލާރސް ކިޔާ ފަހާ ތަނެއްގެ ތެރޭގައެވެ.
އެ ތަނަށް ދިޔަ 19 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް، ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވެނީ އެ ތަނުގައި މަސައްކަތްކުރާ ބިދޭސީ ފަހާ މީހަކަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


