ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް ”ވިޒިޓް މޯލްޑިވްސް އިޔަރ 2027“ ރާއްޖެއިން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި މިކަން އިފްތިތާހުކުރީ ވޯލްޑް ޓްރެވަލް މާކެޓް، ޑަބްލިޔުޓީއެމް ލަންޑަން 2026 ގައެވެ.
”ވިޒިޓް މޯލްޑިވްސް އިޔަރ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް“ ކެމްޕެއިންއަކީ 2027 ވަނަ އަހަރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ފުރިހަމަކަން ތަޖުރިބާކޮށް، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާކުރުމަށް ދެވޭ ދައުވަތެވެ.
ޑަބްލިޔުޓީއެމްގައި މި ކެމްޕެއިން އިފްތިތާޙިކޮށް ތަޢާރަފުކޮށްދެއްވީ، ރާއްޖެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަތުރުވެރިކަމާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރުއެވެ.
މި ބައްދަލުވުމުގައި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސްވެރިންގެ އިތުރުން ބައިނަލްއަގުވާމީ މީޑިއާތަކުން ބައިވެރިވިއެވެ.



