ޓިކްޓޮކް ތަރި އަދި އިންފްލުއެންސަރ މަރިޔަމް ސަމާގެ ޓިކްޓޮކް އެކައުންޓައް އެއްލައްކަ ފޮލޯވަރުން ހަމަވުމާއި ގުޅިގެން ބޮޑު ގިވްއަވޭ އެއް ބޭއްވުމަށް އޭނާ ނިންމައިފިއެވެ.
މި ގިވްއަވޭ ގައި ގުރުއަތުން ހޮވޭ ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ލިބޭ އިނާމުތަކުގެ ތެރޭގައި:
– ކޮލޮމްބޯ (ސްރިލަންކާ) ދެކޮޅު ޓިކެޓު
– ކޮލޮމްބޯގެ ހޮޓަލެއްގައި 2 ދުވަހުގެ އެކޮމޮޑޭޝަން
– ސަމާއާއި އެކު ޑިނަރ އަކަށް ދިޔުމުގެ ފުރުސަތު
ސަމާގެ ހުރިހާ ޓިކްޓޮކް ފޮލޯވަރުންގެ މެދުގައި ނަގާ މި ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ސަމާ މައުލޫމާތު ދިން ގޮތުގައި އެ ދުވަހަކީ އޭނާގެ ފިރިހެން ދަރިފުޅު އިއާން ގެ އުފަންދުވަހެވެ.
މިއީ ސަމާގެ ފޭނުންނަށް އޭނާއާއި ބައްދަލުކޮށްލާ ވަގުތު ހޭދަ ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ސަމާ އަކީ އޭނާގެ ޕްލްލެޓްފޯމްތައް މެދުވެރިކޮށް ނިކަމެތިންނަށް އެހީވުމަށް ”ހިތުން ހިތަށް“ ގެ ނަމުގައި ޖަމިއްޔާއެއް ހިންގައި، ފަންޑްރެއިޒިން މެދުވެރިކޮށް، އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތެކެވެ.




