މިދުވަސްކޮޅު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ފާއިތުވީ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ އއ. ހިމަންދޫއަށް ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުގެ) ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އއ. ހިމަންދޫގެ އިތުރުން އއ. ތޮއްޑޫ، ބ. ތުޅާދޫ، މ. މުލި، ފުވައްމުލައް ސިޓީ އަދި ސ. ގަމަށެވެ.
އެގޮތުން ވާރޭ ވެހިފައިވަނީ:
° އއ. ހިމަންދޫއަށް 89.7 މިލިމީޓަރު
° އއ. ތޮއްޑޫއަށް 73.7 މިލިމީޓަރު
° ބ. ތުޅާދޫއަށް 70.3 މިލިމީޓަރު
° މ. މުއްޔަށް 70.3 މިލިމީޓަރު
° ފުވައްމުލައް ސިޓީއަށް 77.5 މިލިމީޓަރު
° ސ. ގަމަށް 69.5 މިލިމީޓަރު
މިއަދުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ މޫސުމީ ސަމާލުތަކެއް ނެރެފައެވެ. އެގޮތުން މިއަދު 07:00 އިން ފެށިގެން 12:00 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، ބ. އަތޮޅުން ފެށިގެން ވ. އަތޮޅާހަމައަށް ވަނީ 07:00 އިން 11:00 އާ ހަަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މިވަގުތުތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގާތްގަޑަކަށް 40 މޭލަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާގެ ސަމާލުގައި ލަފާކޮށްފައިވެއެވެ.




