ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ޤައުމެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕަލަސްތީނުގެ ބޮޑުވަޒީރު ޑރ. މުޙައްމަދު މުސްޠަފާ އާއެކު މިރޭ ބޭއްވި ބައްދަލުކުރެެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ކޮޕް-31ވަނަ ސަމިޓްގެ ހަވާސާގެތެރެއިންނެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ފަލަސްޠީނާމެދު ދިވެހިރާއްޖެއިން ބާއްވަމުންދާ ގާތްކަމާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވަލާ ގޮވާލުމާއި ގާތްކަމާއި އަޙުވަންތަކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ފަލަސްތީނުގެ މިނިވަންކަމާއި، ރައްޔިތުންނަށް އަބުރުވެރި އިންސާފުވެރި ދިރިއުޅުމަކަށް އަބަދުވެސް އެދިވަޑައިގަންނަވާކަން އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައިކަމަށާއި، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ޤައުމެއްގެގޮތުގައިކަމަށް ރައީސް ވަނީ ޔަގީންކަން އަރުވާފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަކާލާތުކުރުމުގައި އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.


