ފުރުގާނު މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގ. މާލޭހިޔާ- 2 13-02 / ނައުޝާދު މޫސާ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފިއެވެ.
މިސްކިތްތަކުގެ ހުރުމަތް ކަނޑައިގެން މީގެކުރިންވެސް އެކިފަހަރުމަތިން ހައްޔަރުކުރި ނައުޝާދު އެންމެ ފަހުން (މިދިޔަ ބުރާސްފަތި ދުވަހު) ހައްޔަރުކޮށްފައިވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބަޔަށް ވަދެ، ނަމާދަށް ހުރި މީހެއްގެ ކުރިމަތީ ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދި މައްސަލައެއްގައެވެ.
ނައުޝާދު ހައްޔަރު ކުރި ދުވަހު ފުލުހުން ވަނީ، އޭނާ ދެން އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ހަނައެދުވަހުގެ ވަގުތެއްގައި ނައުޝާދު ވަނީ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މީގެކުރިން ނައުޝާދު ވަނީ ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން ވެސް ހައްޔަރުކޮށްފައެވެ.



