އާމްދަނީއިން ޓެކްސް ނެގުމުގެ ބިލާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅި ބިލު ދިރާސާކުރާ ސަބު ކޮމިޓީން ނިންމިގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އޭގެ ތެރެއިން، އާމްދަނީއިން ޓެކްސް ނެގުމުގެ ބިލު ފާސްކުރެއްވީ، 66 މެމްބަރު1ންގެ ވޯޓާއެކުގައެވެ.
މި ބިލުގެ ބޭނުމަކީ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާ ކުރުމަށް އާމްދަނީންއިންޓްރެސްޓް ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލުގައި ބުނެފައިވަނީ، ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކް-އެބިޓްޑާގެ %25 ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާބެހޭ ޤާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ބިލު ތަންފީޒުކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެކަމަށް ލަފާކޮށްފައިވާއިރު، ބިލު ތަންފީޒުކުރުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027އިން ފެށިގެންނެވެ. މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާކޮށްފައިވެއެވެ.



