ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާ ރޭ ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާދަމާ ރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާއަކީ، 17 ނޮވެންބަރު 2023 ގައި އެމަނިކުފާނު ވެރިކަމުގެ ޤާނޫނީ ހުވާކުރެއްވި ތާރީޚާ ގުޅުވައިގެން ބާއްވާ ޖަލްސާއެކެވެ.
މި ޖަލްސާގެ މައިގަނޑު އަމާޒަކަށް ވާނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ މުހިންމު ލަނޑުދަނޑިތަކާއި ކާމިޔާބީތައް ރައްޔިތުންނާ ހިއްސާކުރުން ކަމަށް ބެލެވެއެވެ.
މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާފައިވާ މުހިންމު ސިޔާސަތުތަކުގެ ތަފްޞީލުތައްވެސް މި ޖަލްސާގައި ހާމަކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ.



