މި ސަރުކާރުގެ ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 13،000 ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށް ފޮނުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރި މަސައްކަތުން ރާއްޖެއިން ރެކޯޑު އަދަދަކަށް ގަވާއިދާ ޚިލާފަށް އުޅުނު މީހުން ފޮނުވާލެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް ޑީޕޯޓްކުރި 13،000 މީހުންގެ އަދަދަކީ ވޭތުވެދިޔަ އެތައް ސަރުކާރަކާ އަޅާބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ މިހާރު ނަގާ ނިމިފައިވާ ކަމަށާއި، މިއީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ އެއް އިންސައްތަ ޤައުމަށް ޙާޞިލުކުރެވިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ކަންކަން ޙާޞިލުވާނެ ކަމަށެވެ.



