ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 7:30 އާއި 9:30 އާ ދެމެދުގެ ވަގުތެއްގައި ގައި ހުޅުމާލެ ފޭސް 2 ގެ އިރުމަތީ ފަރާތުން ކަނޑުގައި، ޕްރައިވެޓް އިވެންޓަކަށް ހަވާ އަރުވާނެ ކަމަށެވެ.
އަދި ހަވާ އެރުވުން 7 މިނެޓަށް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މާލެ އަދި ހުޅުމާލޭގައި އެކިއެކި އިވެންޓްތަކާ ގުޅިގެން ހަވާ އެރުވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.


