ފިކުރީ މުދަލާ ގުޅޭ އޮފީހުގެ ރަޖިސްޓްރާއަކަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ސިޔާޒު މިއަދު އައްޔަން ކުރައްވައިފިއެވެ.
ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވަން މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އަދި އެ ގާނޫނަށް މިދިޔަ ޖެނުއަރީ މަހު އަމަލުކުރަން ފަށާފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ފިކުރީ މުދަލާބެހޭ އޮފީހުގެ ރަޖިސްޓްރާއަކަށް ސިޔާޒު އައްޔަންކުރެއްވުމުން މަރުހަބާ ދަންނަވައިފަ އެވެ.
ރަޖިސްޓްރާއަކަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.



